ނޯވޭގައި ހިންގި ބޮން ގޮއްވުމާއި ބަޑި ޖެހުމުގެ ޢަމަލުތައް ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފި

president-nasheed

ނޯވޭގެ އޮސްލޯގައި ހިންގި ބޮން ގޮއްވުމުގެ ޢަމަލާއި އުޓޯޔާ އައިލެންޑްގައި ހިންގި ބަޑިޖެހުމުގެ ޢަމަލު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފިއެވެ.
ޓެރަރިޒަމްގެ މިޢަމަލު ކުށްވެރި ކުރައްވައި، ނޯވޭގެ ރަސްގެފާނު ހެރަލްޑް ފަސްވަނައަށް، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ނޯވޭގެ ރަސްގެފާނަށާއި، ނޯވޭ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.