27 މެއި 2010
ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމާ ގުޅޭގޮތުން މަޢްލޫމާތު ދިނުމަށް ސަރުކާރުން ބާއްވަން ހަމަޖެއްސެވި ޚާއްޞަ ޖަލްސާ، މި މަހުގެ 30ވާ އާދީއްތަ ދުވަހު ހެނދުނު ބާއްވާގޮތަށް ހަމަޖައްސައިފިއެވެ. އެދުވަހު ހެނދުނު 10 ޖަހާއިރު ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބާއްވާ މިޖަލްސާގައި އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ދަށުން ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ އެކި ޚިދްމަތްތަކާއި، ރައްޔިތުންނަށް އެކަމުން ލިބެމުންދާ ލުއިފަސޭހަތަކާބެހޭގޮތުން މަޢްލޫމާތު ދިނުން އޮންނާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.
މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެއެވެ. އަދި ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަމުގެ މައްޗަށް މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޑޮކްޓަރ އާމިނަތު ޖަމީލު ވާހަކަފުޅު ދައްކަވާނެއެވެ. އަދި ހައުސިންގއާ ބެހޭގޮތުން މިނިސްޓަރ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް އަލްފާޟިލް މުޙަންމަދު އަސްލަމް ވާހަކަފުޅު ދައްކަވާނެއެވެ.
ރޭ 8.30 ގައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބާއްވާ ގޮތަށް ކުރިން ހަމަޖެއްސި މިޖަލްސާ އާދީއްތަ ދުވަހަށް ފަސްކޮށްފައި މިވަނީ ޑޮކްޓަރ ޒާކިރު ނައިކުގެ އަނބިކަނބަލުން ފަރުހަތު ޒާކިރު ނައިކުގެ ދީނީ ދަރުސް، ރޭ ބާއްވާ ގޮތަށް ހަމޖެއްސުމާ ގުޅިގެން އެ ކަމަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.
އްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމާ ގުޅޭގޮތުން މަޢްލޫމާތު ދެއްވުމަށް ބާއްވާ ޖަލްސައަށް ވަނުމުގެ ދަޢުވަތު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. އަދި ޖާގައޮތް މިންވަރަކުން ރަންނަބަނޑޭރި މާލަމުގައި އިށީނދެވަޑައިގެންނެވޭނެ އިންތިޒާމު ވެސްވަނީ ހަމަޖައްސާފައެވެ