އެމްޑީޕީގެ އާންމު ޖަލްސާ މާދަމާރެއަށް ފަސްކޮށްފި

24 މެއި 2010

އެމްޑީޕީން ކޮންމެ ހޯމަ ދުވަހެއްގެރޭ އެޕާޓީގެ ހަރުގޭގައި ބާއްވަމުން އަންނަ ސިލްސިލާ ޖަލްސާ މިރޭ (24 މެއި 2010 ވާ ހޯމަދުވަހުގެރޭ) ނުބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ. މިޖަލްސާ ދެން އޮންނާނީ މާދަމާ (25 މެއި 2010 ވާ އަންގާރަ ދުވަހުގެ) ރޭ 9.00 ގައެވެ.
މިޖަލްސާއަށް އެމްޑީޕީގެ ލޮބުވެތި މެންބަރުންނާއި، އެޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ ވީހާވެސް ގިނަ ބަޔަކު ހާޒިރުވެވަޑައިގެން ދެއްވުމަކީ އެޕާޓީގެ ވަރަށް ބޮޑު އެދުމެކެވެ.