ތަހުނިޔާ ދެންނެވުން

މާލެ ސިޓީގެ އާ މޭޔަރަށް ހެންވޭރު ދެކުނު ދާއިރާއިން މަރްޙަބާ ދަންނަވަން

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް މިއަދު ހޮވުނު މައިޒާން އަލި މަނިކަށް ހެންވޭރު ދެކުނު ދާއިރާގެ ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުޙަބާ އެއް ދަންނަވަމެވެ.
މާލެ ސިޓީ ކަައުންސިލްގެ މޭޔަރަކު ހޮވުމަށް މާލޭ ސިޓީގެ ރާއިސާއި ހުރިހާ ދާއިރާ ތަކުގެ ރައީސުންނާއި ދާއިރާ ތަކުގެ ކައުންސިލަރުންނާއި މަޝްވަރާކޮށް އެމްޑީޕީ މާލެ ސިޓީގެ ކޯކަސްއިން ނިންމި ނިންމުމާއި އެއްގޮތަށް މާލެ ސިޓީގެ އެމްޑީޕި ކައުންސިލަރުން އެއްބާރުން ދެއްވާ ތިޔަ ދެއްކެވި ޑިމޮކުރަސީގެ ރީތީ ނަމޫނާ އަށް އެމްޑީޕީ ހެންވޭރު ދެކުނު ދާއިރާއިން މަރްޙަބާ ދަންނަވަމެވެ.
މި ނަތީޖާ އަކީ މަލެ ސިޓީ ކައުންސިލުގެ ދުވެލި މެކުހަށް ޖަހައި، މާލެ ސިޓީއަށް އިތުރު ތަރައްޤީއާއި، ހަމަޖެހުން ގެނެސް ދޭނެ ނަތީޖާ އެއް ކަމަށް އުންމީދު ކުރަމެވެ.