ތަހުނިޔާ ދެންނެވުން

mdp-logo

މާލެ ސިޓީގެ މޭޔަރު ކަމަށް ވަރަށް ތަނަވަސް އަޤްލަބިއްޔަތަކުން މާލެ ސިޓީ ކައުންސިލްގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު، ހ.އިސްދޫ، (މައިޒާން) އަލިމަނިކު ހޮވިވަޑައިގަތުމާއި ގުޅިގެން، އެމްޑީޕީގެ އެންމެހާ ލޮބުވެތި މެންބަރުންނާއި، މި ޕާޓީގެ ލީޑަރޝިޕާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި މަރުހަބާ އާއި، ތަހުނިޔާ އާއި މުބާރިކް ބާދީ ދަންނަވަމެވެ.
މި ޕާޓީން އަބަދުވެސް އުއްމީދުކުރަނީ މާލެއަކީ ވެށިފަހި ސިޓީއަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލުން ކުރާ މަސައްކަތްތައް ކާމިޔާބުވެ، ދުޅަހެޔޮ އަމާން ވެއްޓެއް މާލޭގައި ގާއިމްވެގެން ދިއުމެވެ.
މާތް ﷲ ގެ ވާގިފުޅާއި މިންވަރުފުޅުން މާލެ ސިޓީގެ މަސައްކަތްތައް ކާމިޔާބުކުރައްވައި، މާލެ ސިޓީގެ ރައްޔިތުންނާއި އެމްޑީޕީގެ ލޮބުވެތިރައްޔިތުންނާއި، ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަދަށްވުރެ މާފަހި، މާ ފާގަތި މުސްތަޤްބަލެއް ދެއްވުން އެދެމެވެ.

މޫސާ މަނިކު
އެމްޑީޕީގެ ޗެއަރޕާސަން