ދ.އަތޮޅުގެ އެމްޑީޕީގެ ގޮފިތަކުގެ ރައީސުންނާއި އެއަތޮޅުގެ އެމްޑީޕީ ދާއިރާތަކުގެ ބައްދަލުވުމެއް ބާއްވާ ގޮތަށް ހަމަޖައްސައިފި

އިބްރާހީމް ރާމިޒް

shathir-abdul-rahmaan-kudahuvadhooދ.މީދޫގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާ އެއް ގައި ޝާތިރު ވާހަކަދައްކަވަނީ .. އެމްޑީޕީ ފައިލް ފޮޓޯ:

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިދާރީ އޮފީސްތައް ގާއިމްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށްޓަކައި ދ.އަތޮޅުގެ އެމްޑީޕީގެ ހުރިހާ ގޮފިތަކުގެ ރައީސުންނާއި، އެއަތޮޅުގެ އެމްޑީޕީ ދާއިރާތަކުގެ ހިންގާ ކޮމިޓީގެ ބޭފުޅުންގެ ބައްދަލުވުމެއް ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަޙްމާން ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތުދެއްވަމުން ޝާތިރު މިއަދު ވިދާޅުވީ މި ބައްދަލުވުމުގައި އެމްޑީޕީގެ ގޮފިތައް އަލުން ސައްހަކުރުމަށް އެ ޕާޓީން ނިންމާފައިވާ ނިންމުމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރާނޭ ކަމަށާއި، އެހެން ނަމަވެސް ބައްދަލުވުން ބޮޑަށް އަމާޒުކުރަނީ އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު އެދިވަޑައިގެންފައިވާ ގޮތުގެ މަތިން ރަމަޟާން މަސް ފެށެންވާއިރަށް ދ.އަތޮޅުގެ ހުރިހާ ރަށެއްގައި އެމްޑީޕީގެ އިދާރީ އޮފީހެއް ގާއިމްކުރުމަށް ކަމަށެވެ.
ދ.އަތޮޅުގައި ބާއްވާ އެމްޑީޕީގެ މި ބައްދަލުވުން އޮންނާނީ މިއަންނަ ހުކުރު ދުވަހު އެ އަތޮޅުގެ ވެރިކަންކުރާ ރަށް ކުޑަހުވަދޫގައި ކަމަށް އެމްޑީޕީ ކުޑަހުވަދޫ ދާއިރާއިން ބުނެއެވެ.