މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރ ކަމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު ޢައްޔަން ކުރައްވައިފި

mohamed-saeed-customs

ރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރ ފޮރ ނޯދަން ކަސްޓަމްސް ރީޖަން ކަމަށް ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މި މަގާމަށް ޢައްޔަން ކުރެއްވީ، މާފަންނު މޭގަ މުޙަންމަދު ސަޢީދެވެ.

މުޙަންމަދު ސަޢީދު މިހާތަނަށް ހުންނެވީ، ކަސްޓަމްސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުގައެވެ.