ތުޅާދޫ އެމްޑީޕީ ޕްރައިމަރީ އަފްރާޙް ކާމިޔާބުކުރައްވައިފި

mdp111-21-300x225

ތުޅާދޫގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ހަމައެކަނި ޑީއާރްޕީގެ މެންބަރު އުމެއިރާ އަބޫބަކުރު މަގުބޫލު އުޒުރެއް ނެތި ކައުންސިލްގެ ހަތް ޖަލްސާ އަށް ވަޑައިނުގެންނެވުމާ ގުޅިގެން އުމައިރާ ކައުންސިލްކަމުން ވަކިކޮށްފައިވާތީ، އެ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނޭ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ ބ.ތުޅާދޫ އާރު، އަޙުމަދު އަފްރާޙް ކާމިޔާބުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު 2.00 އިން ފެށިގެން އިރު އޮއްސި 6.00 ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި އިންތިޚާބުގެ ވޯޓުފޮށިތައް
ބަހައްޓާފައިވަނީ އެމް.ޑީ.ޕީ ތުޅަދޫ ހަރުގޭގަ އާއި މާލޭ އެމް.ޑީ.ޕީ މައި ހަރުގޭގައެވެ.
އަފްރާޙް އަށް ލިބިފައިވަނީ ޖުމްލަ 101 ވޯޓެވެ.
މި ޕރައިމަރީގައި ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދަވާފައިވަނީ މުޙައްމަދު ތަޢުރީފް، އަރުތަ، ބ.ތުޅާދޫ އެވެ. އޭނާއަށް 74 ވޯޓު ލިބިފައިވެއެވެ.