އެމްޑީޕީގެ އާންމު ޖަލްސާއެއް މާދަމާރޭ އެމްޑީޕީ ހަރުގޭގައި އޮންނާނެ

23 މެއި 2010

އެމްޑީޕީން ކޮންމެ ހޯމަ ދުވަހެއްގެރޭ އެޕާޓީގެ ހަރުގޭގައި ބާއްވަމުން އަންނަ ސިލްސިލާ ޖަލްސާ މާދަމާ (24 މެއި 2010 ވާ ހޯމަދުވަހުގެ) ރޭ އެޕާޓީގެ ހަރުގޭގައި އޮންނާނެއެވެ. މިޖަލްސާ ފެށޭނީ މާދަމާރޭ 9.00 ގައެވެ.
މިޖަލްސާއަށް އެމްޑީޕީގެ ލޮބުވެތި މެންބަރުންނާއި، އެޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ ވީހާވެސް ގިނަ ބަޔަކު ހާޒިރުވެވަޑައިގެން ދެއްވުމަކީ އެޕާޓީގެ ވަރަށް ބޮޑު އެދުމެކެވެ.