އެމްޑީޕީން މިރޭ ނަސަންދުރާގައި ބާއްވަން ހަމަޖެއްސި މަސައްކަތު ބައްދަލުވުން މިރޭ ނުބާއްވާ ގޮތަށް ހަމަޖައްސައިފި

– ހަފްތާ ބަންދުގައި އައްޑޫސިޓީ އާއި ފުވައްމުލަކުގައި ބާއްވަން ހަމަޖެއްސި މަސައްކަތު ބައްދަލުވުން ވެސް ވަނީ ފަސްކޮށްފަ

އިބްރާހީމް ރާމިޒް

އެމްޑީޕީން މިރޭ ނަސަންދުރައިގައި ބާއްވަން ހަމަޖެއްސި މަސައްކަތު ބައްދަލުވުން ކެންސަލްކޮށް، ފަހުގެ ތާރީޚެއްގައި އެ މަސައްކަތު ބައްދަލުވުން ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
އެމްޑީޕީން ސިލްސިލާކޮށް ބާއްވަމުން އަންނަ މި ބައްދަލުވުން މިހާތަނަށް ހއ.ދިއްދޫ، ހދ.ކުޅުދުއްފުށި އަދި ލ.ގަމުގައި ވަނީ ބާއްވާފައެވެ.
މިރޭގެ ބައްދަލުވުން ކެންސަލްކޮށްފައިވަނީ މަޖިލިސް ހަލަބޮލިވެ އެމްޑީޕީގެ ގިނަ މެންބަރުން އެކަމުގައި ވަރަށް ބުރަކޮށް ޙަރަކާތްތެރިވާތީ ކަމަށް އެޕާޓީގެ ޗެއަރޕާސަން މޫސާ މަނިކު ވިދާޅުވިއެވެ. އަދި މި ބައްދަލުވުން ބާއްވާނޭ ތާރީޚެއް ފަހުން އިޢުލާންކުރައްވާނޭ ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

މީގެ އިތުރުން މި ހަފްތާ ބަންދުގައި އައްޑޫސިޓީ އާއި ފުވައްމުލަކުގައި ބާއްވަން ހަމަޖެއްސި މަސައްކަތު ބައްދަލުވުން ވެސް ވަނީ ފަހުގެ ތާރީޚަކަށް ފަސްކޮށްފައެވެ.