އިއުލާން: ތުޅާދޫ ކައުންސިލްގެ ބައި އިލެކްޝަންގެ އެމްޑީޕީ ޕްރައިމަރީ އާއި ބެހޭ

ތުޅާދޫ ކައުންސިލްގެ ބައި އިލެކްޝަންގެ އެމްޑީޕީ ޕްރައިމަރީ އާއި ބެހޭ

ބ.ތުޅާދޫ ކައުންސިލްގެ ބައި އިލެކްޝަނަށް އެމްޑީޕީން ޓިކެޓްދޭނޭ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީސް 15 ޖުލައި 2011 ވާ ހުކުރު ދުވަހު ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ވީމާ މި ޕްރަިމަރީސްގައި ވާދަކުރައްވަން ބޭނުންފުޅުވާ އެމްޑީޕީގެ މެންބަރުން، އެމްޑީޕީ ޓިކެޓަށް އެދޭ ފޯމާއި، ތާޢީދު ފޯމުތައް ފުރިހަމަކުރެއްވުމަށްފަހު، 14 ޖުލައި 2011 ވާ ބުރާސްފަތި ދުވަހުގެ ކުރިން ތުޅާދޫ އެމްޑީޕީ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.
މާލެއިން ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލޭ އެމްޑީޕީ އޮފީހުންނެވެ. ޓިކެޓަށް އެދޭ ފޯމާއި، ތާޢީދު ފޯމު ތުޅާދޫ
އެމްޑީޕީ އޮފީހުން ލިބެން ހުންނާނެއެވެ.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
12 ޖުލަިއ 2011

– އެމްޑީޕީ ތުޅާދޫ އޮފީސް –