ކުއްލި ޚަބަރު: ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް ހުރަސް ނޭޅުމަށް ގޮވާލައި އެމްޑީޕީގެ މަޖިލިސް މެންބަރުން މަޖިލީހުގެ އިދާރާގެ ދޮރުމަތީގައި އިހުތިިޖާޖުކުރަމުން އެބަދޭ

14.50: މަޖިލީހުގެ ދޮރުތައް ހުޅުވުމުން އިދިކޮޅު ބައެއް މެންބަރުން މަޖިލީސް ދޫކުރައްވައި ވަޑައިގެންފި. އެމްޑީޕީގެ މަޖިލިސް މެންބަރުން ވިދާލުވަމުން ގެންދަވަނީ މަޖިލިސް ދޫކުރައްވައި ވަޑައިގަންނަވާނީ ޖަލްސާތައް ބޭއްވޭ ގޮތް ވުމުން ކަމަށް.

14.20: ފުލުހުން ވެސް ގިނަ އަދަދަކަށް އެ ސަރަހައްދަށް ޖަމާވަމުންދާ ކަމަށާއި، މައުމޫނަށް ތާޢީދުކުރާ ޑީއާރުޕީގެ އެކްޓިވިސްޓުން ވެސް މަޖިލިސް ކައިރިއަށް އެއްވަމުން އެބަދާކަމަށްވޭ

14.01:އެމްޑީޕީގެ އެކްޓިވިސްޓުން މަޖިލިސް ހުއްޓުވާ ބޭފުޅުންނާ ދެކޮޅަށް އަޑުއުފުލަމުން އެބަދޭ. އެމްޑީޕީގެ އެކްޓިވިސްޓުންގެ ގިނަ ބަޔަކު ތިބީ އިށީނދެގެން. އެމްޑީޕީ އަށް ތާޢީދުކުރާ ފަރާތްތަކުން ގޮވަމުންދަނީ ރިޔާސަތުން ނަން އިއްވި 2 މެންބަރުން ކަމަށްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޙްލޫފް އާއި، ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަޙުމަދު މަޖިލީހުން ނިކުމެވަޑައިގަތުމުން ކަމަށް

13.47: އެމްޑީޕީގެ އާންމު މެންބަރުން އެ ޕާޓީގެ ހަރުގެއަށް އެއްވަމުންދާ ކަމުގެ މައުލޫމާތު ދަނީ ލިބެމުން. އަދި މި ކަމާ ގުޅިގެން މިއަދު ހަވީރު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވާ ގޮތަށް އެ ޕާޓީން ވަނީ ނިންމާފަ

13.45: އެމްޑީޕީގެ މެންބަރުން ތިއްބެވީ މަޖިލީހުގެ ތަޅުމުގެ ދޮރުމަތީގައި ގޮނޑި ބަހައްޓަވައިގެން ކަމަށް އެ ޕާޓީގެ ޗެއަރޕާސަން މޫސާ މަނިކު ވިދާޅުވި

13.40: ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް ހުރަސް ނޭޅުމަށް ގޮވާލައި އެމްޑީޕީގެ މަޖިލިސް މެންބަރުން މަޖިލީހުގެ އިދާރާގެ ދޮރުމަތީގައި އިހުތިިޖާޖުކުރަމުން އެބަދޭ. އެމްޑީޕީގެ މެންބަރުން ގޮވާލަމުންދަނީ ކޮން ޕާޓީއެއްގެ ބައެއްކަން ލިޔެކިޔުމުން ނޭނގޭ މަދު ބަޔަކަށް މަޖިލިސް ހުއްޓުވިގެން ނުވާނެ ކަމަށް. އަދި މަޖިލިސް ކުރިޔަށް ނުގެންގޮސް މެންބަރުންނަށް ނުނުކުމެވޭނެ ކަމަށް ވެސް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ވިދާޅުވޭ