އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިއަދު ހަވީރު ދަރުބާރު ގޭގައި އޮންނާނެ

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިއަދު ހަވީރު ދަރުބާރު ގޭގައި އޮންނާނެއެވެ.
އެމްޑީޕީން މައުލޫމާތުދޭ ގޮތުގައި މި ކުއްލި ބައްދަލުވުމަކީ ޑީއާރުޕީން ވަކިވެގަތުމަށް މަސައްކަތްކުރާ މަދު ބަޔަކު މަޖިލިސް ހިސޯރުކުރުމަށް ކުރާ މަސައްކަތާ ދެކޮޅަށް އަޅާނޭ ފިޔަވަޅަކާ ބެހޭ ގޮތުން ގޮތެއް ނިންމުމަށް ބާއްވާ ބައްދަލުވުމެކެވެ.
މި ބައްދަލުވުން ފެށޭނީ މިއަދު ހަވީރު 4.30 ގައި، ދަރުބާރުގޭ ދޮށިމޭނާ މާލަމުގައެވެ.