ރައީސުލްޖުމްހޫރިއްޔާ އިންޑިޔާގެ ރައީސާއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި

president-he-mohamed-nasheed

އިންޑިޔާގެ އުއްތަރު ޕްރަދޭޝްގައި ހިނގި ރޭލު އެކްސިޑެންޓެއްގައި އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވެފައިވާތީ، އެކަމުގެ ހިތާމައިގައި އިންޑިޔާގެ ރައީސާ ޕްރަތީބާ ޕާޓިލަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ރައީސާ ޕާޓިލަށާއި، އިންޑިޔާ ސަރުކާރަށާއި، ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި މިހާދިސާގައި މަރުވި އެންމެންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.