އެމްޑީޕީގެ ވަގުތީ ސްޕޯކްސްޕާސަން އަކަށް ފާތުމަތު ޝަހީދާ އައްޔަންކޮށްފި

އިބްރާހީމް ރާމިޒް

shaheeda

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ވަގުތީ ސްޕޯކްސްޕާސަން ކަމުގެ މަގާމަށް މ.ވައިޓްސޭންޑްސް ފާތުމަތު ޝަހީދާ އައްޔަންކޮށްފިއެވެ.
މި މަގާމަށް ޝަހީދާ އައްޔަންކުރެވިފައިވާ ކަން އިއުލާން ކުރެއްވީ މިއަދު ހައްދުންމަތީ ގަމުގައި ހިނގަމުންދާ އެމްޑީޕީގެ މަސައްކަތު ބައްދަލުވުމުގައި އެ ޕާޓީގެ ޗެއަރޕާސަން މޫސާ މަނިކެވެ.
ޝަހީދާ އަކީ އެމްޑީޕީ އުފެދުމުގެ ކުރިން ވެސް އިސްލާޙީ ހަރަކާތުގައި ވަރަށް ބުރަކޮށް އުޅުއްވި، އަދި އެމްޑީޕީ އުފެދުމަށް ފަހު، އެޕާޓީގެ މީޑިއާ ކޯރޑިނޭޓަރު ކަމާއި، ކެމްޕެއިން ކޮމިޓީގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.