މެދު ސަރަޙައްދުގެ ޤައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު ޢައްޔަން ކުރައްވައިފި

shathir

މެދު ސަރަޙައްދުގެ ޤައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީގެ މަގާމަށް ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ބޯގަންވިލާ ޝާޠިރު ޢަބްދުއްރަޙްމާން ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
ޝާޠިރު ޢަބްދުއްރަޙްމާން އަކީ ދައުލަތުގެ ތަފާތު އިސް އެކި މަޤާމްތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ދ.ގެމެންދޫ ކުޑަކަތީބު ކަމާއި، ދ. ކުޑަހުވަދޫ ކުޑަކަތީބު ކަމާއި، ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާ ކަމުގެ މަޤާމާއި، ދ. ކުޑަހުވަދޫ ކައުންސިލަރ ކަމާއި ދ. އަތޮޅު ކައުންސިލަރުކަން ވެސް ޝާޠިރު ޢަބްދުއްރަޙްމާން ކުރައްވާފައިވެއެވެ.