ކަރަންޓްގެ މައްސަލާގައި އިދިކޮޅުފަރާތްތަކުން ކަމުގެ ހަގީގަތް އާންމު ރައްޔިތުންނަށް އޮޅޭގޮތަށް ވާހަކަ ދައްކަވަމުންދާތީ އެކަމާ ހިތާމަކުރައްވާކަމަށް މަޑަވެލި ދާއިރާގެ މެންބަރު ނާޒިމް ވިދާޅުވެއްޖެ

19 މެއި 2010

haruge-03-05-2010-74

ކަރަންޓްގެ މައްސަލާގައި އިދިކޮޅުފަރާތްތަކުން އާއްމު ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅޭގޮތަށް ވާހަކަ ދައްކަވަމުންދާތީ އެކަމާ ހިތާމަކުރައްވާކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެރޭ އެމް.ޑީ.ޕީން އެޕާޓީގެ ހަރުގޭގައި ބޭއްވި އާއްމު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ކަރަންޓްގެ އަގަށް ދިމާވެގެން އުޅޭ މައްސަލައަށް ވީހާވެސް އަވަސް ހައްލެއް ހޯދައިދިނުމަށްކަމަށް. ވިދާޅުވެއެވެ.
ކަންކަން ހައްލުކުރުމުގައި މުޒާހަރާ ކުރުމަކީ މިއަދުގެ ސަރުކާރުން ވެސް އަދި އެމްޑީޕީން ވެސް ތާއީދު ކުރާކަމެއްކަމަށް ވިދާޅުވަމުން، ކަންމިހެން ހުރި ނަމަވެސް ލިބިފައިވާ މިނިވަންކަމުގެ ބޭނުން ނޭދެވޭގޮތެއްގައި ބޭނުންކުރުމަކީ ރަގަޅު ކަމެއް ނޫން ކަމަށާއި، ރައްޔިތުންނަށް ދަތިވާގޮތަށް އެއްވެސް ކަމެއްހިންގުމަކީ ފަސޭހަކަމެއްނޫކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަދެއްކެވި އެހެންބައެއް މެންބަރުން ވިދާޅުވީ ސަރުކާރުން އަބަދުވެސް ވިސްނަން ޖެހޭނީ ދުރު މުސްތަގްބަލަށް ކަމަށާއި، އެހެންވުމުން ކަރަންޓްގެ މައްސަލައައް އެންމެ އެކަށީގެންވާ ހައްލެއްހޯދޭނީ އިޔާދަކުރަނިވި ހަކަތަ ބޭނުންކުރަން ފެށުމުންކަމަށެވެ.
ކަރަންޓްގެ މައްސަލައިގައި ޑީއާރުޕީން އިސް ނަގައިގެން މުޒާހަރާކޮށްފައިވަނީ ރައީސް ނަޝީދު ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ޚާއްސަ ޓާސްކްފޯހެއް އެކުލަވާލައިފައި ވަނިކޮށެވެ.