އިބްރާހީމް ރާމިޒް
މާލެ ސިޓީ އާއި އަތޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ޑެންގީ ހުމާމެދު އާންމުން ހެލުންތެރިކުރުވުމަށް އެމްޑީޕީން މިރޭ އެޕާޓީގެ ހަރުގޭގައި ޚާއްސަ ބައްދަލުވުމެއް ބާއްވާނެއެވެ.
މިރޭ 9 ޖަހާއިރު ފަށާ މި ބައްދަލުވުމުގައި ސިއްޚީ ދާއިރާގެބޭފުޅުން އާންމުން ހޭލުންތެރިކުރުވުމަށް ޑެންގީހުމާ ބެހޭ މައުލޫމާތުދެއްވާނޭ ކަމަށް އެމްޑީޕީން ބުނެއެވެ. އަދި މި ބައްދަލުވުމަށް އެޕާޓީގެ މެންބަރުންނާއި، ހެޔޮއެދިވަޑައިގަންނަވާ ފަރާތްތަކާއި، ތާޢީދުކުރައްވާ ފަރާތްތަކުން ހާޒިރުވެވަޑައިގެން ދެއްވުމަށް އެމްޑީޕީން އެދެއެވެ.
ޑެންގީ ހުމާ މެދު އާންމުން ހޭލުންތެރިކުރުމާއި، މަދިރި ނައްތާލުމަށް މާދަމާ ” ދޮރުން ދޮރަށް” ހިނގާ ގޮތަށް ވެސް އެމްޑީޕީން ވަނީ ނިންމާފައެވެ.