އެމްޑީޕީގެ ޗެއަރޕާސަން މިރޭ ހއ. އަށް ފުރާވަޑައިގަންނަވާނެ

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން މޫސާ މަނިކު މިރޭ އެޕާޓީގެ ދަތުރުފުޅެއްގައި ހއ. އަށް ފުރާ ވަޑައިގަންނަވާނެއެވެ.
ޗެއަރޕާސަންގެ މި ދަތުރުފުޅުގައި ހއ.ދިއްދޫ އާއި އަދި ހދ. ކުޅުދުއްފުއްޓަށް ވަޑައިގެން އެ 2 އަތޮޅުގައި ޙަރަކާތްތެރިވާ އެމްޑީޕީގެ ދާއިރާތަކާއި، ގޮފިތަކުގެ އިސް ފަރާތްތަކާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެ ފޮތުން ދިއްދޫ ގައި އެއަތޮޅުގެ އެމްޑީޕީގެ އިސް ޙަރަކާތްތެރިންނަށް އަމާޒުކޮށްގެން އެއް ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ކުޅުދުއްފުށީގައި ވެސް މިފަދަ މަސައްކަތު ބައްދަލުވުމެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ޗެއަރޕާސަންގެ މި ދަތުރުފުޅުގައި އެ ޕްރޮވިންސްގެ ރައިސާއި ނައިބު ރައީސް އަދި ހއ. އާއި ހދ. ގެ ބައެއް ދާއިރާތަކުގެ ރައީސުންނާއި ގޮފިތަކުގެ ރައީސުން ބައިވެރިވެވަޑައިގަންނަވާނެއެވެ.