ގައުމީ މަޖިލީހުގެ ޖަލްސާ މާދަމާ ނުބާއްވާ ގޮތަށް ހަމަޖައްސައިފި

9 މެއި 2010

މާދަމާ 10 މެއި 2010 ވާ ހޯމަ ދުވަހު ހަވީރު ބާއްވަން ހަމަޖައްސާފައިވާ އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަވާނެ ކަމަށް ނުބެލެވޭތީ 12 މެއި 2010 ވާ ބުދަ ދުވަހަށް ފަސްކޮށްފިއެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ ކޯރަމަކީ 23 އެވެ. ގައުމީ މަޖިލީހުގައި ތިއްބަވާ ގިނަ މެންބަރުންނަކީ އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނެވެ. އަދި މި ދުވަސްކޮޅަކީ މަޖިލިސް ޗުއްޓީ ދުވަސް ވަރަށް ވުމާއެކު ޕީޖީ ގްރޫޕްގެ ގިނަ މެންބަރުން މި ވަގުތު ވަޑައިގެން އުޅުއްވަނީ އެބޭފުޅުންގެ ދާއިރާ ތަކުގައެވެ.