ފަގީރުންނާއި މިސްކީނުންގެ ލިސްޓްގައި ހިމެނޭ އެންމެން ހިލޭ މަދަނާގައި ބައިވެރިކުރާ ގޮތަށް ސަރުކާރުން ހަމަޖައްސައިފި

8 މެއި 2010

ރާއްޖޭގައި ފަގީރުންނާއި މިސްކީނުންގެގޮތުގައި ޒަކާތްލިބޭ މީހުންގެ ލިސްޓުގައި ހިމެނޭ އެންމެން މަދަނާގައި ބައިވެރިކޮށްދޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ.
މަދަނަ ބަލަހައްޓާ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ވިދާޅުވީ، ސަރުކާރުން މިގޮތަށް ނިންމުމާގުޅިގެން، ފަގީރުންގެ ލިސްޓްގައި ހިމެނޭ މީހުންނަކީ ކޮބައިކަން އޮޅުންފިލުވައި، އެފަރާތްތަކާ ބެހޭ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށެވެ. ފަގީރުންނާބެހޭ މަޢުލޫމާތު ސާފުވަމުންދާމިންވަރަކަށް މަދަނައިގެ ޚިދުމަތް ދެއްވަން ފަށްޓަވާނެކަމަށްވެސް އެންސްޕާއިން ހާމަކުރައްވައެވެ.. މީގެ އިތުރުން އެންސްޕާއިން ހާމަކޮށްފައިވާ ގޮތުގައި މަދަނާގައި ބައިވެރިވުމަށް ފަގީރުންނާއި މިސްކީނުންނަށް ހަމައެކަނި ކުރަންޖެހޭނެކަމަކީ އައިޑީކާޑް ކޮޕީއެއް އެންސްޕާ އާއި ޙަވާލުކުރުން ކަމަށެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގައި ފަގީރުންގެގޮތުގައި 34 ހާހަށްވުރެ ގިނަމީހުން ރަޖިސްޓްރީ ކުރެވިފައިވެއެވެ.