އެމްޑީޕިގެ އަހަރީ ދުވަހުގެ ފުޓުބޯޅަ މެޗުގެ ޖާޒީގެ ނީލަމުގެ އެންމެ ކުރީގައި އަދިވެސް ރައީސް ނަޝީދުގެ ޖާޒީކޮޅު

– މިހާތަނަށް ޖުމްލަ 361493 ރުފިޔާ ހުށަހަޅާފައިވޭ

އިބްރާހީމް ރާމިޒް

mdp-football-match-28-06-2011-439

އެމްޑީޕީގެ 6 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ކުޅުނު އެކުވެރިކަމުގެ ފުޓުބޯޅަ މެޗުގައި ކުޅުނު ކުޅުންތެރިންގެ ޖާޒީ ނީލަމަށް ލުމުން މިހާތަނަށް އެންމެ ބޮޑު އަގެއް ހުށަހަޅާފައި ވަނީ އެޕާޓީގެ އެންމެ އިސް ލީޑަރު ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ޖާޒީކޮޅަށެވެ.
އެ ގޮތުން މިހާތަނަށް ނީލަމުގައި ހުރި ޖާޒީތަކަށް ބަލާ އިރު ރައީސް ނަޝީދުގެ ޖާޒީކޮޅަށް ސިރިއަސް ކޮމްޕެނީގެ ފަރާތުން ހަސަން 111،000 ރުފިޔާ ހުށަހަޅުއްވާފައިވާ އިރު ދެވަނަ އަށް އެންމެ ބޮޑު އަގެއް ހުށަހަޅާފައިވަނީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ވިޕް އަދި ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒްގެ ޖާޒީ އަށެވެ. އެ ޖާޒީ އަށް ނަން ހާމަކުރަން ބޭނުން ނުވާ ފަރާތަކުން 70،000 ރުފިޔާ ހުށަހަޅާފައިވާ އިރު، 3 ވަނަ އަށް އެންމެ ބޮދު އަގެއް ހުށަހަޅާފައިވާ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މާރިޔާ އަޙުމަދު ދީދީގެ ޖާޒީއަށް 55،000 ރުފިޔާ ހުށަހަޅުއްވާފައިވެއެވެ.
މީގެ އިތުރުން ނީލަމުގައި ދެން ހުރި ޖާޒީތަކަށް ބަލާއިރު
– އެމްޑީޕީގެ މިހާރުގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކުގެ ޖާޒީ އަށް 20،000 ރުފިޔާ
– ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާގެ ޖާޒީ އަށް 15،000 ރުފިޔާ
– މިނިސްޓަރ އޮފް ޓްރާންސްޕޯޓް އާދިލް ސަލީމްގެ ޖާޒީ އަށް 12،000 ރުފިޔާ
– ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަހީދުގެ ޖާޒީ އަށް 11،000 ރުފިޔާ
– ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރ އަލީ ޝިޔާމް އަދި ވޯކްސް ކޯޕަރޭޝަންގެ ޖާވިދުގެ ޖާޒީއަށް 10،000 ރުފިޔާ
– ރައީސް އޮފީހުގެ އީމާން (އިއްމި) ގެ ޖާޒީ އަށް ރުފިޔާ 6666
-އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އިބުރާހީމް މުޙައްމަދު ޞާލިޙްގެ ޖާޒީ އަށް 6060 ރުފިޔާ
– އެންސްޕާ އިބުރާހީމް ވަހީދުގެ ޖާޒީއަށް 6000 ރުފިޔާ
– މާފަންނު ހުޅަނގު ދާއިރާގެ ޢަބްދުﷲ ޢަބްދުއްރަހީމް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް، ޓްރާންސްޕޯޓްގެ ޑެޕިއުޓީ ސްޓޭޓް މިނިސްޓަރ އާދަމް ނަސީރު އަދި މިހާރުގެ ވަގުތީ ކެބިނެޓް ސެކްރެޓަރީ ޙިސާން ޙުސައިން، ޑިފެންސް އެޑްވައިޒަރ އަމީން ފައިސަލްގެ ޖާޒީއަށް 5000 ރުފިޔާ
– ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ވިޕް އީވާ ޢަބްދުﷲ ގެ ޖާޒީއަށް
4000 ރުފިޔާ
– ރައީސް އޮފީހުގެ އަންޑަރ ސެކެރެޓަރީ ރުގިއްޔާ އަހުމަދު ގެ ޖާޒީ އަށް 2000 ރުފިޔާ
-ޔޫތު މިނިސްޓަރ ޙަސަން ލަތީފް، އިއްމި، ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ގަސަމް، ފުވައްމުލަކު
މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދުގެ ޖާޒީއަށް 1000 ރުފިޔާ
– ހައިފާގެ ޖާޒީއަށް އެމްޑީޕީ މައްޗަންގޮޅި އުތުރު ދާއިރާގެ ނައިބު ސެކްރެޓަރީ ބޭސް އަހައްމަދު ހުށަހެޅުއްވި 777.77 ރުފިޔާ
– މަހިބަދޫ ދާއިރާގެ މެންބަރު ރުގިއްޔާ މުޙައްމަދުގެ ޖާޒީއަށް 555.55 ރުފިޔާ
– ނިލަންދޫ ދާއިރާގެ މެންބަރު އަޙުމަދު ހަމްޒާ އަދި އެމްޑީޕީގެ ނައިބު ރައީސް އަދި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީގެ ޖާޒީ އަށް 500 ރުފިޔާ
– މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތު އެންޑް ސްޕޯޓްސް މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) ގެ ޖާޒީއަށް 100 ރުފިޔާ އެވެ. މި ނީލަން މާދަމާ ހަވީރު 4.30 ވަންދެން ކުރިޔަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މިހާތަނަށް ޖުމްލަ 363493 ރުފިޔާ ހުށަހަޅާފައިވެއެވެ.