އިޢުލާން:

MDP/2011-027

އެމްޑީޕީގެ ދާއިމީ ކޮމިޓީތަކަށް މީހުން އައްޔަންކުރުމާއި ބެހޭ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދާއިމީ ކޮމިޓީތަކަށް ކުރިމަތިލުމަށް މި ޕާޓީން ހުޅުވާލި ފުރުސަތުގައި ދެ ކޮމިޓީއަށް ވުރެ ގިނަ ކޮމިޓީއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ސަމާލުކަމަށް ދަންނަވަމެވެ.
18 ޖޫން 2011 ވީ ހޮނިހިރު ދުވަހު ބޭއްވި މި ޕާޓީގެ ގައުމީ މަޖިލީހުގެ 91 ވަނަ ޖަލްސާ ގައި، ޕާޓީގެ ދާއިމީ ކޮމިޓީތަކަށް ކުރިމަތިލައްވާފައިވާ ފަރާތްތައް ޝޯޓްލިސްޓުކޮށް އެ ކޮމިޓީތަކަށް މީހުން އައްޔަންކުރުމަށް ހޮވި ކުޑަ ކޮމިޓީން ނިންމާފައިވަނީ ކޮންމެ ބޭފުޅަކަށް ވެސް ގިނަވެގެން މެންބަރުކަން އަދާ ކުރެއްވޭނީ 2 ކޮމިޓީގައި ކަމަށެވެ.
ވީމާ 2 ކޮމިޓީއަށް ވުރެ ގިނަ ކޮމިޓީއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުން އެބޭފުޅަކު ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ (ގިނަވެގެން) ކޮންމެވެސް 2 ކޮމިޓީއެއްގެ ނަން 29 ޖޫން 2011 ވާ ބުދަ ދުވަހުގެ 15.30 ގެ ކުރިން މި ޕާޓީގެ މައި ސެކްރެޓޭރިއަޓް (ހ.ޝަރާޝާ، އެންމެ ތިރީ ފަންގިފިލާ) އަށް ލިއުމަކުން ފޮނުއްވުން އެދެމެވެ. ފެކްސް އިން ނަމަ ފޮނުއްވާނީ 3322960 ނުވަތަ 3306536 މި ނަންބަރަށެވެ. އީމެއިލް އިން ފޮނުއްވާނަމަ ފޮނުއްވާނީ elections@mdp.org.mv އަށެވެ.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

27 ޖޫން 2011