– ތަޙްޤީޤަށް ހުރިހާ ބޭފުޅުންވެސް އެއްބާރުލެއްވުން ދެއްވުމަށް ވެސް ރައީސް އެދިވަޑައިގެންނެވި
އިބްރާހީމް ރާމިޒް
މުޅިން އާ ނިޒާމަކާއެކު އިމިގްރޭޝަންގެ މުވައްޒަފުންނަށް ދެ ހަފްތާއެއްގެ ތެރޭގައި މަސައްކަތަށް ނުކުމެވަޑައިގެންނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިހެން ވިދާޅުވީ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް އިއްޔެ މެންދުރުފަހު ޒިޔާރަތް ކުރައްވައި، އެ ޑިޕާޓްމަންޓްގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި، ވަކި އެއްބޭފުޅެއްގެ އިސްތަށިފުޅުގައި އިލްޒާމް ނޭޅޭގޮތަށް ތަޙްޤީޤުތައް ހިނގަމުންދާނޭ ކަމަށާއި، މިކަމަށް ދެހަފްތާވަރު ހޭދަވާނެ ކަމަށް ވިދާޅުވިއެވެ. އަދި މިހާރު ހިނގަމުންދާ ތަޙްޤީޤަށް ހުރިހާ ބޭފުޅުންވެސް އެއްބާރުލެއްވުން ދެއްވައި، ތަޙްޤީޤަށް ބޭނުންވާ މަޢްލޫމާތުތައް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި، ވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އެ ޑިޕާޓްމަންޓަށް މި ޒިޔާރަތް ކުރެއްވީ، ރާއްޖެއަށް ބިދޭސީން އެތެރެވުމުގައި، ޤަވާޢިދާ ޚިލާފު އެއްވެސް ކަމެއް ހިނގާފައިވޭތޯ ބެއްލެވުމަށްޓަކައި، އެކަމުގެ ތަޙްޤީޤު މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިހާރު ފަށްޓަވާފައިވުމާއި، އެ ޑިޕާޓްމަންޓްގެ ކައުންޓަރުތަކުން ސިފައިން ޚިދްމަތް ދެއްވަން މިއަދު ފަށްޓަވާފައިވާތީ، އެޑިޕާޓްމަންޓްގެ މަސައްކަތްތައް ބައްލަވާލެއްވުމަށްޓަކައެވެ.