މަރުހަބާ ދެންނެވުން: އެމްޑީޕީގެ 6 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޗެއަރޕާސަން މަރުހަބާ ވިދާޅުވުން

mdp-logo-446-x-466reeko-moosa

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 6 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މި ޕާޓީގެ އެންމެހާ ލޮބުވެތި މެންބަރުންނަށާއި، ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ އަދި ތާޢީދުކުރައްވާ ހުރިހާ ފަރާތްތަކަށާއި، މި ޕާޓީގެ ގޮފިތަކާއި، ދާއިރާތަކާއި، ޕްރޮވިންސްތަކުގެ ހިންގާ ކޮމިޓީތަކުގެ މެންބަރުންނާއި، ސެކްރެޓޭރިއަޓްގެ މުޥައްޒަފުންނާއި، މި ޕާޓީގެ އެކި ކޮމިޓީތަކުގެ މެންބަރުންނާއި، ގައުމީ މަޖިލީހުގެ މެންބަރުންނާއި، ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި، ޕާޓީގެ ނައިބު ރައީސް އަލްހާން ފަހުމީ އާއި، މި ޕާޓީގެ ރައީސް ޑރ. އިބްރާހީމް ދީދީ އާއި ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް އާއި ޕާޓީގެ އެންމެ އިސް ލީޑަރު ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދަންނަވަމެވެ.
އެމްޑީޕީގެ މެންބަރުންނާއި، މި ޕާޓީއަށާއި ދިވެހިރާއްޖޭގެ ދުސްތޫރީ ޙަޔާތަށާއި، އަދި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަދަށްވުރެ މާ ފަހި އަދި މާފާގަތި މުސްތަޤްބަލަކަށް އެދެމެވެ. އަދި އެމްޑީޕީއަށް ލިބެމުންމިދާ ކާމިޔާބީތައް ފަށްފަށް ކުރައްވައި، ކުރިޔަށް އޮތް ތަނުގައި ވެސް އިތުރު ކާމިޔާބީދެއްވުން އެދި މާތްﷲ ގެ ޙަޟްރަތަށް ދުޢާ ދަންނަވަމެވެ.

މޫސާ މަނިކު
ޗެއަރޕާސަން