އެމްޑީޕީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްސަ ބޮނޑިބަތް ކެއުމެއް މިރޭ އެޕާޓީގެ ހަރުގޭގައި އޮންނާނެ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްސަ ބޮނޑިބަތް ކެއުމެއް މިރޭ އެޕާޓީގެ ހަރުގޭގައި އޮންނާނެއެވެ.
މި ރޭ 9 ޖަހާއިރު އޮންނަ މި ބޮނޑިބަތް ކެއުމުގައި އެ މްޑީޕީގެ ހުރިހާ މެންބަރުންނާއި، ޕާޓީ އަށް ހެޔޮއެދިވަޑައިގަންނަވާ ހުރިހާ ފަރާތްތަކާއި، އެ ޕާޓީއަށް ތާޢީދުކުރައްވާ ހުރިހާ ފަރާތްތަކުން ބައިވެރިވެވަޑައިގެން ދެއްވުމަށް އެމްޑީޕީން އެދެއެވެ.