މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރ ކަމަށް ދެބޭފުޅަކު ޢައްޔަން ކުރައްވައިފި

customs-fathih-kamal

ރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރ ކަމަށް ދެބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މިގޮތުން، ޑެޕިއުޓީ ކޮމިޝަނަރ ފޮރ ސެންޓްރަލް ކަސްޓަމްސް ރީޖަން ކަމަށް ޢައްޔަން ކުރެއްވީ، ހެންވޭރު ގިރީތެރޭގޭ މުޙަންމަދު ކަމާލެވެ. ޑެޕިއުޓީ ކޮމިޝަނަރ ފޮރ ސަދަން ކަސްޓަމްސް ރީޖަން ކަމަށް ޢައްޔަން ކުރެއްވީ، ހެންވޭރު ހާގޯށި ފާތިޙު ޢަލީއެވެ.

މި ދެބޭފުޅުން މިހާތަނަށް ތިއްބެވީވެސް ކަސްޓަމްސްގެ ވަޒީފާގައެވެ. މުޙަންމަދު ކަމާލު ހުންނެވީ، ޑެޕިއުޓީ ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސްގެ މަގާމުގައެވެ. ފާތިޙު ޢަލީ ހުންނެވީ ޑިރެކްޓަރ ކަމުގެ މަގާމުގައެވެ.