އެމްޑީޕީގެ ރައީސް އޮސްޓްރޭލިޔާއަށް ފުރާވަޑައިގެންފި

އިބްރާހީމް ރާމިޒް

drdidi-234-x-331

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް ޑ.ރ. އިބްރާހީމް ދީދީ (ޑ.ރ.ޑީޑީ) އޮސްޓްރޭލިޔާޢަށް ފުރާވަޑައިގެންފިއެވެ.
އޮސްޓްރޭލިޔާގެ ކެމްބަރާގައި އޮންނަ އިލެކްޝަން ސެމިނާރެއް ގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި ރޭ މާލެއިން ފުރާވަޑައިގަތުމުގެ ކުރިން ރަސްމީ ފާލަމުގައި ހުންނަވައިގެން، ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ޑރ.ޑީޑީ ވިދާޅުވީ މިއީ އޮސްޓްރޭލިޔާގެ ލިބަރަލް ޕާޓީގެ ދައުވަތަކަށް ކުރައްވާ ދަތުރެއްފުޅެއް ކަމަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން އެމްޑީޕީގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ފުރުސަތުލިބި، ޕާޓީގެ އެތެރޭގެ އިންތިޚާބުތަކާއި، އެހެނިހެން އިންތިޚާބުތަކަށް ތައްޔާރުވުމުގައި ގެންގުޅޭ މައިގަނޑު އުސޫލުތައް ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ.
މި ޖޫން މަހުގެ 23 ން 25 އަށް ތިން ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި ސެމިނާރގެ ސަބަބުން އެމްޑީޕީއަށް ފަންނީ އެހީތެރިކަން ލިބިގެންދާނޭ ކަމަށާއި، އަދި ސެމިނާރުގެ ހުރިހާ ޚަރަދެއް ކުރަނީ އޮސްޓްރޭލިއާގެ ލިބަރަލް ޕާޓީގެ ފަރާތުންކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ.