އެމްޑީޕީ ކުޑަހުވަދޫ ދާއިރާގެ ނައިބު ރައީސަކު ހޮވުމަށް ބައި އިލެކްޝަން ބާއްވައިފި

އެމްޑީޕީ ކުޑަހުވަދޫ ދާއިރާގެ ނައިބު ރައީސަކު ހޮވުމަށް ބޭއްވި ބައި އިލެކްޝަން ދ.ކުޑަހުވަދޫ ޕަލްމޭރާ ޠާހިރު ޢަބްދުއްރާފިއު ކާމިޔާބު ކުރައްވައިފިއެވެ.
އެމްޑީޕީ ކުޑަހުވަދޫ ދާއިރާގައި މިދިޔަ ހުކުރު ދުވަހު ބޭއްވި މި ބައި އިލެކްޝަން ބާއްވާފައި މިވަނީ އެދާއިރާގެ އެމްޑީޕީ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އާމިނަތު ޝުޒާން އޭނާގެ އަމިއްލަ މަސައްކަތްތައް ހުރި ގޮތުން އެ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެން ކަމަށް އެމްޑީޕި ކުޑަހުވަދޫ ދާއިޜާ އިން ބުނެއެވެ.