އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ރައީސާ އަކަށް ފަރީޝާ ހޮވައިފި

އިބްރާހީމް ރާމިޒް

fareesha

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ރައީސާ އަކަށް ފަރީޝާ ޢަބްދުﷲ ހޮވައިފިއެވެ.
ފަރީޝާ މިމަގާމަށް އައްޔަންކުރީ އިއްޔެ އެމްޑީޕީ ސެކްރެޓޭރިއަޓްގައި ބޭއްވި އެޕާޓީގެ އިސްތިޢުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އެ ޖަލްސާ އަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
މި މަޖިލީހުގެ ރައީސް އަކަށް ހޮވާ ފަރާތަކީ އުމުރުން 35 އަހަރުވެފައިވާ، އަރާއަރަފޯދިގެންވާ ޤާނޫނީ ވަކީލެއް ކަމުގައި ވާން ޖެހޭނޭ ކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީ) ގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ހޮވަންޖެހޭ 9 މެންބަރުން، އިންތިޚާބުކޮށްފައިވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ 91 ވަނަ ޖަލްސާގައެވެ. އެގޮތުން އެ މަޖިލީހަށް ހޮވިފައިވަނީ ނާޒިލް އަފީފާއި، މުހައްމަދު މާހިރު އީސާ އާއި، އަބްދުލް ހަމީދު އަބްދުލް ކަރީމާއި ފަރީޝާ އަބްދުﷲ އާއި މުހައްމަދު ޝާޒް ވަލީދާއި، އަޙުމަދު ރަޝީދު (ޕައިން) އާއި ނާޝިދު އަބްދުﷲ (އައްމަޑޭ) އާއި އިބްރާހިމް އިހުސާން އަދި ހަސަން ޒާހިރު (ރާޑޯ ޒާހިރު) އެވެ.