އިޢުލާން: އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ހޮވުމަށް ބާއްވާ ބައި އިލެކްޝަން

MDP/2011-026

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ހުސްވެފައިވާ ރައީސްކަމުގެ މަޤާމަށް ވާދަކުރުމުގެ ފުރުޞަތު ހުޅުވާލުން

އެމް.ޑީ.ޕީ ޕާލިމެންޓްރީ ގްރޫޕުން ހުސް ވެފައިވާ، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތު 19 ޖޫން 2011 އިން ފެށިގެން ހުޅުވާލަމެވެ.
ވީމާ، މިމަޤާމަށް ކުރިމަތިލެއްވުމަށް ޝައުޤުވެރުވެލައްވާ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ސިޓީއަކުން މާދަމާ، 20 ޖޫން 2011 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:30 ގެ ކުރިން އެމްޑީޕީގެ ސެކްރެޓޭރިއެޓަށް ހުށަހެޅުއްވުން އެދެމެވެ.
މި އިންތިޚާބު އޮންނާނީ 22 ޖޫން 2011 ވާ ބުދަ ދުވަހުއެވެ.
19 ޖޫން 2011