ތަހުނިޔާ ދެންނެވުން: ޑރ ޝަހީދުއަށް މަރުހަބާ !

ނަލަގޮފި
ދިވެހި ރާއްޖެ.
މުލަކަތޮޅު/ ނާލާފުށި.

ޑރ ޝަހީދުއަށް މަރުހަބާ !

އެމްޑީޕީގެ ނައިފަރު ދާއިރާގެ ރައީސް އަދި، ރައީސުލް ޖުމްހޫރިއްޔާގެ ފޮރިން ޕޮލިސީ އެޑްވައިޒަރ ޑރ.ޝަހީދު ޔޫއެންގެ ފަރާތުން އީރާންއަށް ކަނޑައެޅުއްވި ޚާއްސަ މުޝީރެއްގެ ގޮތުގައި ހަމަޖެއްސެވުމާއި ގުޅިގެން އެމަނިކުފާނަށް މުލަކަތޮޅު ނާލާފުށީގެ އެންމެހާ އެމްޑީޕީ މެންބަރުންގެ ނަމުގައި ވަރަށް ހޫނު މަރުހަބާއެއް ދަންނަވަމެވެ. އަދި މިކަމަކީ އެންމެހާ ދިވެހި ރައްޔިތުންނަށް ލިބިގެންދިޔަ ނުހަނު މަތިވެރި ޝަރަފެއް ކަމުގައި އަޅުގަނޑުމެން ގަބޫލުކުރަމެވެ.
އެމްޑީޕީގެ އިސްފަރާތަކަށް މިލިބިގެންދިޔަ މަތިވެރި ކާމިޔާބީއަކީ މުޅި މިޕާޓީގެ އެންމެހާ މެންބަރުންވެސް އެކަމަށްޓަކައި ފަޚުރުވެރިވާނެ ކާމިޔާބީއެއް ކަމުގައި ގަބޫލުކޮށް މިޕާޓީގެ އެންމެއިސް ލީޑަރ ރައީސް ނަޝީދަށް ވެސް މަރުޙަބާ ދަންނަވަމެވެ. އަދި ހަމަމިނޭވާގައި ޕާޓީގެ ލީޑަރޝިޕަށްވެސް މަރުހަބާ ދަންނަވަމެވެ.
އަޅުގަނޑުމެން އެދެނީ ޑރ. ޝަހީދު އަށާއި މިސަރުކާރަށް އަދި، އަޅުގަނޑުމެންގެ މިދިވެހި އުންމަތަށް އެންމެހާ ހެޔޮގޮތްތައް މިންވަރުކުރައްވައި ސާބިތުކަމާއިއެކު ކުރިއަށް ދިއުމުގެ ހެޔޮ ތައުފީގު ﷲ ތަޢާލާ މިންވަރު ކުރެއްވުމެވެ. އާމީން.
17 ޖޫން 2011މ
ސޮއި.
އާދަމް މުޙައްމަދު މަނިކު.
ގޮފީގެ ރައީސް