އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް މެންބަރުން ހޮވައިފި

ދިވެހި ރައްޔިތުންގެ ޑިމޮކުރަޓިކް ޕާޓީ (އެމްޑީޕީ) ގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް އައްޔަން ކުރަންޖެހޭ 9 މެންބަރުން އެ ޕާޓީގެ ގައުމީ މަޖިލީހުން އިއްޔެ އައްޔަންކޮށްފިއެެވެ.

މި ކޮމެޓީއަށް އިއްޔެ ހޮވިވަޑައިގެންނެވީ ނާޒިލް އަފީފާއި، މުހައްމަދު މާހިރު އީސާ އާއި، އަބްދުލް ހަމީދު އަބްދުލް ކަރީމާއި ފަރީޝާ އަބްދުﷲ އާއި މުހައްމަދު ޝާޒް ވަލީދާއި، އަޙުމަދު ރަޝީދު (ޕައިން) އާއި ނާޝިދު އަބްދުﷲ (އައްމަޑޭ) އާއި އިބްރާހިމް އިހުސާން އަދި ހަސަން ޒާހިރު (ރާޑޯ ޒާހިރު) އެވެ.