އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ އެއް ބަނޑޮސް އައިލެންޑް ރިޒޯޓްގައި ކުރިޔަށް އެބަދޭ

އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަކަށް އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ހަމަޖައްސަވައިފި. އަދި މިމަގާމަށް ހޮވިވަޑައިގަތުމުން މޫސަ ވަނީ ޕާލަމެންޓްރީ ގްރޫޕްގެ ރައީސްކަމުން އިސްތިއުފާ ދެއްވާފަ

moosa2

14:45: އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަކަށް އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް (ރީކޯ) މޫސާ މަނިކު ހޮވައިފި. މޫސަ މި މަގާމަށް ހޮވީ ގައުމީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 97 މެންބަރުންގެ ބޮޑު އަޤްލަބިއްޔަތަކުން. މިހާރު ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަނީ މޫސަ. މޫސަ މިމަގާމަށް އައްޔަންކުރުމާ ގުޅިގެން އެމަނިކުފާނުވަނީ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ކަމުން އިސްތިއުފާ ދެއްވާފަ
12:30: މިހާރު ގައުމީ މަޖިލީހުގެ ޖަލްސާ ވަނީ މެދުކަނޑާލާފަ. ދެން ޖަލްސާ ފެށޭނީ މެންދުރުފަހު 2 ޖަހާއިރު
12:00: އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު ކަމަށް އައްޔަންކުރެވިފައިވާ މުޙައްމަދު އިމްތިޔާޒްގެ މުސާރަ ކަނޑައެޅުމުގެ މައްސަލައިގައި ބަހުސްކުރުމަށްފަހު އިންތިޚާބީ އެއްވެސް މަގާމެއްގައި ހުންނަވާ ބޭފުޅަކަށް މުސާރަ ނުދޭ ގޮތަށް ގައުމީ މަޖިލީހުން ހަމަޖައްސައިފި
10:40: މި ޖަލްސާގެ ރިޔާސަތުގައި އިންނެވީ ޕާޓީގެ ނައިބު ރައީސް އަދި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ
10:30: އެމްޑީޕީގެ ގައުމީ މަޖިލީހުގެ 91 ވަނަ ޖަލްސާ ބަނޑޮސް އައިލެންޑް ރިޒޯޓްގެ ކޮންފަރެންސް ހޯލުގައި ފެށިގެން ކުރިޔަށް އެބަދޭ