ޤާސިމް އިބްރާހީމަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެއްޖެ

އިބްރާހީމް ރާމިޒް

president-nasheed1

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ހޮއްވެވި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ޤާސިމް އިބްރާހީމަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވީ، މިއަދު މެންދުރުފަހު އެމަނިކުފާނު މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް ފެށްޓެވި ދަތުރުފުޅުގައި އުޅުއްވަމުންނެވެ.

މި ފޯންކޯލްގައި، ރާއްޖޭގެ ޝަރްޢީ ނިޒާމު ހަރުދަނާ ކުރެއްވުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި ޤާސިމް އިބްރާހީމް އާއި 2 ބޭފުޅުން ވެސް ފާހަގަކުރެއްވިއެވެ.