ނޫސް ބަޔާން

އެމް.ޑީ.ޕީ ތޮއްޑޫ ދާއިރާގެ އިދާރާ
މާލެ / ދިވެހި ރާއްޖެ

ތޮއްޑޫ ޑީ.އާރު.ޕީން ރޭ ހިންގި އަމަލު ކުއްވެރި ކުރުން

ރޭ މެންދަމުން އަލިވެ 2:15 ހާއިރު ތޮއްޑޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލީ ވަހީދު އެމް.ޑީ.ޕީ އާއި ގުޅުމާއި ، މަޖްލީހުގެ އިއްޔަގެ ޖަލްސާގައި ޑރ.އަފްރާޝީމް ޖުޑިޝަލް ސާރވިސް ކޮމިށަނުން ބޭރުކުރުމާއި ގުޅިގެން މި ކަން ސިޔާސީ ގޮތުން ތޮއްޑޫގައި ތިބި ޑީ.އާރު.ޕީ އަށް ނިސްބަތްވާ މަދުބަޔަކަށް ހަޖަމު ނުކުރެވިގެން ތޮއްޑޫގައި ތިބި ޒުވާނުން ކުދިން ކޮޅަކަށް ފައިސާ ދީގެން ވަނީ އެމް.ޑީ.ޕީ ތޮއްޑޫ ޑައިވިންގް ހަރުގެއަށާއި ، ހަރުގެ ހަދައިފައި އިން ގެ އިރުދޭމާގެ އަށް ވަރަށް ގިނަ އަދަދަކަށް މިޔަރު ތެލާއި، ކަޅުތެޔޮ ޖަހައިފައެވެ. މި ކަމަކީ ސިޔާސީ ގޮތުން ވަރަށް ހަޑި މުޑުދާރު ދަށް ފެންވަރުގެ، އަމަލެއްކަމަށް ފާހަގަގޮށް މިކަން ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ. އަދި މި ކަމަކީ ވަރަށް ބޮޑަށް ރާވައިގެން ތޮއްޑޫގެ އަމަން އަމާން ކަމާއި ސުލްހަ މަސްލަސް ކަން ނަގާލަން ހިންގި އަމަލެއްކަމަށް ބެލެވެއެވެ. ވީމާ، މި ފިނޑި އަމަލު ހިންގި ބަޔަކު ވީ އެންމެ އަވަހަކަށް ހޯދައި ޤާނޫނީ ގޮތުން ފިޔަވަޅެއް އަޅަން ޖެހިއްޖެ ނަމަ އެ ފިޔަވަޅެއް އެޅުމަށް ދިވެހި ދައުލަތާއި ، ފުލުހުންނަށް ގޮވާލަމެވެ.

15.06.2011

ޝުކުރިއްޔާ

ހަސަން ޝިޔާން
އެމް.ޑީ.ޕީ ތޮއްޑޫ ދާއިރާގެ ރައިސް