ނޫސްބަޔާން

22 އެޕްރީލް 2010

ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް މަރުހަބާ ދެންނެވުން

president-11

ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ޔޫ އެން ” ޗެމްޕިއަން އޮފަ ދަ އާރތު” އެވޯޑް ލިބިވަޑައިގަތުމާ ގުޅިގެން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިސްވެރިންނާއި، ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި، އެމްޑީޕީގެ އެންމެހާ ލޮބުވެތި މެންބަރުންގެ ނަމުގައި އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވަމެވެ.
އިނގިރޭސި ވިލާތުގެ މަޝްހޫރު ދުވަހު ނޫހެއް ކަމަށްވާ ދި އިންޑިޕެންޑެންޓް ނޫހުން ހޮވި 2009 ވަނަ އަހަރުގެ އެންމެ ވަރުގަދަ ސިޔާސީ ޝަޚްޞިއްޔަތުގެ ފަޚުރުވެރި މަގާމް، އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގެންނެވިތާ ހަފްތާ އެއް ނުވަނީސް މިއަދު އެހޯއްދެވި ކާމިޔާބީ އަކީ ދިވެހި ލޮބުވެތި ރައްޔިތުންގެ ހައްގުގައި އެމަނިކުފާނު ކެނޑިނޭޅި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުގެ ނަތީޖާ ކަމުގައި މިޕާޓީން ދެކެމެވެ. އަދި މި ފަޚުރުވެރި ކާމިޔާބީ އަކީ ދިވެހި ތާރީޚްގެ ސަފްހާ ތަކުގައި ރަންއަކުރުން އެމަނިކުފާނުގެ ނަން ފަވާލެވިގެންދާނޭ ފަދަ މުހިއްމު ކާމިޔާބީ އެކެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ޒަޢާމަތުގައި ދިވެހިރާއްޖެ ތަރައްޤީ އާއި، ކާމިޔާބީގެ ދުވަސްތައް ގުނަން ފަށާ މި ދަނޑިވަޅުގައި އެމަނިކުފާނަށް ކާމިޔާބު، ބާއްޖަވެރި ސިޔާސީ ހަޔާތަކަށް އެދެމުން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އުފާ ފާގަތި ދުވަސްތަކަކަށް އެދެމެވެ.

ބަޔާން ނެރުނީ އެމްޑީޕީ ސެކްރެޓޭރިއެޓް