ޕާރޓިގެ ލީޑަރޝިޕް ގެ ބައްދަލްވުމެއް ބާއްވައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީގެ ލީޑަރޝިޕްގެ ބައްދަލު ވުމެއް 12 ޖޫން 2011 ވީ އާދިއްތަ ދުވަހުގެ މެންދުރުފަހު 1:15 އިން 1:45 އަށް އެމް.ޑީ.ޕީ އޮފީހުގައި ކުރިޔަށް ދިޔައެވެ. މި ބައްދަލް ވުމުގައި ބައިވެރިވެ ވަޑައިގަތީ ޕާރޓީގެ ރައީސް ޑރ. އިބްރާހީމް ދީދީ އާއި، ނައިބް ރައީސް އަލްޙާން ފަހްމީ އާއި ޗެއަރޕާރސަން ނައިބު އިދާރީ މުޙައްމަދު އިމްތިޔާޒާއި އަދި ސެކްރެޓަރީ ޖެނެރަލް ޙަސަން ޝާހް އެވެ. މި ބައްދަލް ވުމުގައި މަޝްވަރާ ކުރެވުނީ ޕާރޓީ ގެ އަސާސީ ޤަވާޢިދުގެ މަތީން ޕާރޓީ ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ބެހޭ ގޮތުންނެވެ.