ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ އޮފީސް ރަސްމީކޮށް ހުޅުވައިފި

އިބްރާހީމް ރާމިޒް

img_4231

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ހެންވޭރު ދެކުނު ދާއިރާގެ އޮފީސް ހުޅުވައިފިއެވެ.
ހ. މިލްކީވޭ އާގޭ ގައި ރޭ މި އޮފީސް ހުޅުއްވައިދެއްވީ އެމްޑީޕީގެ ރައީސް ޑރ.އިބްރާހީމް ދީދީ އެވެ. މި އޮފީސް ހުޅުވުމަށްފަހު، ހ.ދެކުނު ދާއިރާގެ އެމްޑީޕީ ރައީސް ކަމަށް ހޮވިވަޑައިގެންނެވި ހުސައިން ޝަހީމް އެ ދާއިރާގެ ރައީސް ކަމަށް ހޮވިވަޑައިގަތުމާއި ގުޅިގެން އޭނާގެ ކެމްޕެއިން ގައި އެކިގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް ޝުކުރުދެންނެވުން އޮތެވެ. އަދި މި ހަފްލާއަށް ވަޑައިގެންނެވި އެމްޑީޕީގެ އިސް ފަރާތްތަކުން އެއޮފީހުގައި އޮންނަ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވިއެވެ.
ރޭގެ މި ހަފްލާގައި އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އާއި ޕާޓީގެ ނައިބު ރައީސް އަލްހާން ފަހުމީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.