ރައީސުލްޖުމްހޫރިއްޔާ މަނަދުއަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފަށްޓަވައިފި

president-nasheed1

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިލަދުންމަޑުލު ދެކުނުބުރީ މަނަދުއަށް ކުރައްވާ ދަތުރުފުޅެއް މިއަދު ހެނދުނު ފަށްޓަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަނަދުއަށް ކުރައްވާ ދަތުރުފުޅުގައި، ކައުންސިލްތައް އިންތިޚާބުކުރެވި ހިނގަން ފެށުމުން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ދަށުގައި، ރަށްރަށުގައި ހުރި ދައުލަތުގެ މިލްކިއްޔާތާއި ބިންތައް، ރަށު ކައުންސިލްތަކާ ޙަވާލުކުރެއްވުމުގެ ޕްރޮގްރާމް ފަށްޓަވައިދެއްވާނެއެވެ. އަދި ދައުލަތުގެ ބިންބިން، ކައުންސިލްތަކާ ޙަވާލުކުރައްވަން ފެށްޓެވުމާ ގުޅިގެން، ބިންބިމާބެހޭ އެންމެހާ ކަންކަން ހަރުދަނާ އުޞޫލަކުން ބެލެހެއްޓި، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ކުރިއަށް ގެންދެވުމާ ބެހޭގޮތުން، ރަށު ކައުންސިލާއި، ސަރުކާރުގެ ކަމާބެހޭ ދާއިރާތަކާ ދެމެދު، މިދަތުރުފުޅުގައި އެމަނިކުފާނު މަޝްވަރާ ބަދަލުކުރައްވާނެއެވެ.