އަފްރާޝީމް ޖޭ އެސްސީން ވަކިކުރުމަށް އެމްޑީޕީން މަޖިލިހަށް ހުށަހެޅި މައްސަލަ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އައްޔަންކުރައްވާފައިވާ މެންބަރު، އެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ.އަފްރާޝީމް އަލީ އެކޮމިޝަނުން ވަކިކުރުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ މި އަންނަ ހޯމަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާކޮށްފިއެވެ.
ޑރ.އަފްރާޝީމް އަލީ ޖޭއެސްސީން ވަކިކުރުމަށް އެދި އެމްޑީޕީން ހުށަހެޅީ ޖޭއެސްސީގެ ޤާނޫނާއި ޤަވައިދާ ޚިލާފަށް އެކޮމިޝަނުގެ ކަންތައް ގެންދިއުމުގައި ޑރ.އަފްރާޝީމް ޢަލީގެ ދައުރެއް އޮތަ ކަމަށާއި، އެކަންކމަުގައި ޑރ.އަފްރާޝީމް ޢަލީ ބައިވެރިވެވަޑައިގެންފައިވާތީ އާއި، ޖޭއެސްސީގެ މަސައްކަތްތާއި،އޭނާގެ މަޤާމުގެ މަސްއޫލިއްޔަތު އިޚްލާސްތެރިކަމާއެކު އަދާކުރައްވަމުން ނުގެންދަވާތީ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހަށް ފޮނުއްވި ސިޓީގައި ވެއެވެ.
މީގެ އިތުރުން ޑރ.އަފްރާޝީމް ޖޭއެސްސީން އިނާޔަތް ނަންގަވަމުން ގެންދަވާ މައްސަލަވެސް އެމްޑީޕީގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.