އެމްޑީޕީގެ ޚާއްޞަ ޖަލްސާ އެއް ތޮއްޑޫގައި ބާއްވަނީ

މި ޖަލްސާ ވީޓީވީން ވަގުތުން ދުރަށް ދައްކާނެ

އިބްރާހީމް ރާމިޒް

ali-waheed

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޚާއްޞަ ޖަލްސާ އެއް މި އަންނަ ބުރާސްފަތި ދުވަހުގެރޭ އއ.ތޮއްޑޫ ގައި އޮންނާނޭ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީގެ ޖަލްސާތައް އިންތިޒާމް ކުރާ އެޕާޓީގެ ހަރުގެ ކޮމިޓީން ބުނީ ތޮއްޑޫގައި ބާއްވާ މި ޖަލްސާއަށް ވަޑައިގަންނަވަން ބޭނުންފުޅުވާ އެމްޑީޕީގެ ކޮންމެ މެންބަރަކަށް ވެސް އެ ފުރުސަތު އެބައޮތް ކަމަށާއި، ތޮއްޑޫއަށް ފުރުން އޮންނާނީ މި މެއި މަހުގެ 9 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1 ޖަހާއިރު، އެއް ނަންބަރު ޖެޓީން ކަމަށެވެ. އަދި މިދަތުރުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ އެމްޑީޕީގެ މެންބަރުން މިހާރުން ފެށިގެން އެމްޑީޕީގެ މައި އޮފީހުގައި ނަންނޯޓުކުރުމަށް ހަރުގެ ކޮމިޓީން އެދެއެވެ.
ތޮއްޑޫގައި އެމްޑީޕީގެ ޖަލްސާ އެއް މި ބާއްވަނީ އެ ދާއިރާގެ މެންބަރު އެމްޑީޕީ އާއި ގުޅިވަޑައިގަތުމާއި ގުޅިގެން ތޮއްޑޫ ދާއިރާގައި ހިމެނޭ 3 ރަށް ކަމަށްވާ ، ތޮއްޑޫ، އުކުޅަސް އަދި ރަސްދޫ އިން މި ފަދަ ޖަލްސާއެއް ތޮއްޑޫގައި ބޭއްވުމަށް އެދެމުން ދިއުމުގެ ސަބަބުން ކަމަށް ވެސް ހަރުގެ ކޮމިޓީން މިއަދު ބުންޏެވެ. މި ޖަލްސާ ވީޓީވީން ވަގުތުން ދުރަށް ދައްކާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އެމްޑީޕީގެ ވައުދުތައް މެކުހަށް މި ސިލްސިލާގެ ޖަލްސާ އެއް ވެސް ވަރަށް އަވަހަށް އޮންނާނޭ ކަމަށް އެމްޑީޕީން ބުނެއެވެ.