ފ.ދަރަނބޫދޫ ރަށު ކައުންސިލްގެ ރައީސް އެމްޑީޕީއަށް ސޮއިކުރެއްވުމުން އެ ކައުންސިލްގެ އަޤްލަބިއްޔަތު ވެސް އެމްޑީޕީއަށް ލިބިއްޖެ

އިބްރާހީމް ރާމިޒް

dharanboodhoo

ފ.ދަރަނބޫދޫ ރަށު ކައުންސިލްގެ ރައީސް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ސޮއިރައްވައި، އެ ކައުންސިލްގެ އަޤްލަބިއްޔަތު ވެސް އެމްޑީޕީން ހޯދައިފިއެވެ.
ދަރަނބޫދޫ ކައުންސިލްގެ ރައީސް މަޙްމޫދު ރަޝީދު މިއަދު ހަވީރު އެމްޑީޕީ ސެކްރެޓޭރިއަޓްގައި އެޕާޓީއަށް ސޮއިކުރެއްވުމަށްފަހު ވިދާޅުވީ، އެމްޑީޕީއާ ގުޅިވަޑައިގެންނެވީ ރަށާއި ގައުމަށް އެންމެ ފުޅާ ދާއިރާއެއްގައި އެކަށީގެންވާ ޚިދުމަތެއް ކުރެވޭނީ ވެރިކަންކުރާ ޕާޓީއާ ގުޅިވަޑައިގެން ކަމަށް ގަބޫލުކުރައްވާތީ އެޕާޓީއާ ގުޅިވަޑައިގެންނެވީ ކަމަށާއި، އޭނާ އަކީ އަމިއްލަ މެންބަރެއްގެ ގޮތުގައި ކައުންސިލަށް ހޮވިވަޑައިގެންނެވި ނަމަވެސް އަބަދުވެސް އެމްޑީޕީގެ ފިކުރަށް ތާޢީދުކުރައްވާ ބޭފުޅެއް ކަމަށެވެ.
މަޙްމޫދު އެމްޑީޕީއާ ގުޅީވަޑައިގެންނެވުމުން މިހާރު އެ ކައުންސިލްގައި ތިއްބަވާނީ އެމްޑީޕގެ 3 މެންބަރުންނާއި، އިދިކޮޅު ޑީއާރުޕީގެ 2 މެންބަރުންނެވެ.