އެމްޑީޕީގެ ވައުދުތައް މެކުހަށް މިނަމުގައި މިރޭ ބާއްވަން ހަމަޖެހިފައިވާ ޚާއްޞަ ޖަލްސާ ފަސްކޮށްފި

ވަރަށް މުހިއްމު ބައެއް ބޭފުޅުން ރާއްޖެ ވަޑައިގެން ނެތުމާއި މޫސުން ދައްކާ ގޮތުން މިރޭ (4 ޖޫން، ހޮނިހިރު) ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ޚާއްޞަ ޖަލްސާ ފަހުގެ ތާރީޚަކަށް ފަަސްކޮށްފިއެވެ.
އެމްޑީޕީގެ ” ވައުދުތައް މެކުހަށް ފިސާރި ޚާއްސަ ޖަލްސާ” ގެ ނަމުގައި އިންތިޒާމްކޮށްގެން މިރޭ ބާއްވަން ހަމަޖެއްސި ޖަލްސާ ފަސްކުރުމާއި ގުޅިގެން ޖަލްސާތައް އިންތިޒާމްކުރާ އެޕާޓީގެ އެކްޓިވިޓީސް (ހަރުގެ) ކޮމިޓީން ބުނީ “މި ޖަލްސާ ފަސްކުރަންޖެހުނީ މޫސުން ވެސް އެހާ ރަގަޅު ނުވުމާއި، ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ “ވަރަށް މުހިއްމު ބޭފުޅުންކޮޅެއް” ރާއްޖެއިން ބޭރުގައި ތިއްބެވުމުގެ ސަބަބުން” ކަމަށެވެ.
މި ޖަލްސާ ދެން ބާއްވާނޭ ތާރީޚް ފަހުން އިއުލާނުކުރާނޭ ކަމަށް ހަރުގެ ކޮމިޓިން ވާހަކަ ދެއްކެވި އެކޮމިޓީގެ މެންބަރު (މާލިމީ) އިބްރާހީމް އަހުމަދު ވިދާޅުވިއެވެ.