އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވައިފި

ފާތުމަތު ޝިއުނާ

އެމްޑީޕީގެ އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ހޮވައިފިއެވެ.
މި މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވާފައި މިވަނީ އިއްޔެ އެމްޑީޕީ ސެކްރެޓޭރިއަޓްގައި ބޭއްވި އެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ގައެވެ.
މި ޖަލްސާ އަކީ މި މަޖިލީހުގެ ރައީސާއި ނައިބް ރައީސްގެ މަޤާމަށް ބޭފުޅުން ވަނީ އިންތިޚާބު ކުރުމަށް ބޭއްވި ޖަލްސާއެކެވެ.
އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހުގެ ރައީސްކަމަށް ކުރިމަތި ލައްވާފައިވަނީ މި މަޖިލީހުގެ މެންބަރު ޝޭހް މުޙައްމަދު ފާރޫޤާއި، އަލް ޙާފިޒު އަހުމަދު ޒަކީ އެވެ. ޝޭޚް ފާރޫޤަށް ލިބިވަޑައިގަތީ 2 ވޯޓެވެ. އަދި އަލްހާފިޒު އަހުމަދު ޒަކީއަށް 3 ވޯޓު ލިބިވަޑައިގެން މިބޭފުޅާވަނީ މި މަޖިލީހުގެ ރައީސްކަމަށް ހޮވިފައެވެ.
މި މަޖިލީހުގެ ނައިބްރައީސްކަމަށް ކުރިމަތިލައްވާފައިވަނީ ހަމަ އެކަނި ޝޭޚް މުހައްމަދު ފާރޫޤުއެވެ. އަދި މި މަޖިލީހުގެ އިއްތިފާގުން 5 ވޯޓު ލިބިވަޑައިގެން ހޮވުނީ ޝޭޚް މުޙައްމަދު ފާރޫގެވެ.