އެމްޑީޕީގެ ވައުދުތައް މެކުހަށް މި ނަމުގައި ބާއްވާ ތިންވަނަ ޖަލްސާ ހޮނިހިރު ދުވަހުގެރޭ އޮންނާނެ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އެމްޑީޕީގެ “ވައުދުތައް މެކުހަށް” ސިލްސިލާގެ 3 ވަނަ ޖަލްސާ 4 ޖޫން 2011 ވާ ހޮނިހިރުދުވަހުގެރޭ 8:45 ގައި ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި ބާއްވާނެއެވެ.
މި ޚާއްސަ ޖަލްސާ އަށް، އެމްޑީޕީގެ މެންބަރުންނާއި، އެޕާޓީއަށް ހެޔޮ އެދޭ އަދި ތާއީދު ކުރައްވާ އެންމެހާ ފަރާތްތަކުން ހާޒިރުވެވަޑައިގެން ދެއްވުމަށް އެމްޑީޕީން އެދެއެވެ.
މި ޖަލްސާ އެމް.އެން.ބީސީ 1 އިން ލައިވް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.