އިއުލާން: އެމްޑީޕީ ކުޑަހުވަދޫ ދާއިރާގެ ނައިބު ރައީސްކަމަށް ކުރިމަތިލުމަށް ހުޅުވާލުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ދ. ކުޑަހުވަދޫ ދާއިރާގެ ނައިބު ރައީސްކަމުގެ މަޤާމު ހުސްވެފައިވާތީ އެމަޤާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން 17 ޖޫން 2011ވާ ހުކުރު ދުވަހު ކުޑަހުވަދޫ ދާއިރާގައި، އަދި މާލޭ އެމްޑީޕީ ހަރުގޭގައި ބާއްވާގޮތަށް ހަމަޖައްސައިފީމެވެ.

ވީމާ، ކުޑަހުވަދޫ ދާއިރާގެ ނައިބު ރައީސްކަމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ދާއިރާގެ އޮފީސް (ޕަލްމޭރާ ގާޑަން ރެސްޓޯރެންޓް، ދ. ކުޑަހުވަދޫ) އަށް ނުވަތަ އެމްޑީޕީ ސެކްރެޓޭރިއަޓަށް، 9 ޖޫން 2011ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00ގެ ކުރިން ސިޓީ ފޮނުވުމަށް ޢާއްމުކޮށް އަންގާ އިއުލާނު ކުރީމެވެ.