އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ނަމުގައި ފޭކް އެސްއެމްއެސް އެއް ފޮނުވަމުންދާ ކަމަށް އެޕާޓީން ބުނެފި

އިބްރާހީމް ރާމިޒް

shauna

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޒުވާނުންގެ ގޮފީގެ ނަމުގައި މިރޭ ލެކިއުޓް ކުރިމައްޗަށް އެއްވުމަށް އެދި ބަޔަކު ފޭކް އެސްއެމްއެސް އެއް ފޮނުވަމުންދާ ކަމަށް އެޕާޓީން ބުނެފިއެވެ.
އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސާ އާމިނަތު ޝައުނާ ވިދާޅުވީ ” މިރޭ ވެސް އެމްޑީޕީ މީހުން މަޖީދީ މަގު ލެކިއުޓް ކުރިމައްޗަށް 8.45 އަށް އައުމަށް ދަންނަވަން -އެމްޑީޕީ ޔޫތު ވިންގ” މި ގޮތަށް ބަޔަކު އެސްެއމް އެސް ފޮނުވަމުންދާ ކަމަށާއި، އެއީ އެމްޑީޕީގެ ޒުވާނުންގެ ގޮފިން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެއް ކަމަށެވެ.
ޝައުނާ އިތުރަށް ވިދާޅުވީ އެމްޑީޕީގެ ޒުވާނުންގެ ގޮފިން ޙަރަކާތެއް ހިންގާނަމަ އެކަމެއް ރޭވި އިންތިޒާމްވެގެން ދާނީ އެމްޑީޕީގެ މައި ސެކްރެޓޭރިއަޓް މެދުވެރިކޮށް ކަމަށާއި މެސެޖްވެސް ފޮނުވާނީ އެމްޑީޕީގެ އެސްއެމްއެސް ކާސްޓަރ ނަންބަރު 9902577 އިން ކަމަށެވެ. އެހެން ކަމުން އެމްޑީޕީގެ ނަމުގައި މިގޮތަށް ފޮނުވާ ފޭކް އެސްއެމްއެސް ތަކާ މެދު ސަމާލުވުމަށް އެމްޑީޕީގެ މެންބަރުންނަށް، ޚާއްސަކޮށް އެމްޑީޕީގެ ޒުވާން މެންބަރުންނަށް ޝައުނާ ވަނީ އިލްތިމާސްކުރައްވާފައެވެ.