އެމްޑީޕީގެ އާންމު ޖަލްސާއެއް މިރޭ އެމްޑީޕީ ހަރުގޭގައި އޮންނާނެ

12 އޭޕްރިލް 2010

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އިންތިޒާމްކޮށްގެން އެޕާޓީގެ ހަރުގޭގައި ސިލްސިލާކޮށް، ކޮންމެ ހޯމަ ދުވަހެއްގެރޭ ބާއްވަމުން އަންނަ ޖަލްސާ މިރޭ (12 އެޕްރީލް 2010 ވާ ހޯމަ ދުވަހުގެރޭ) ވެސް އޮންނާނެއެވެ. މިޖަލްސާ ފެށޭނީ މިރޭ 9:00 ގައެވެ.
މި އާންމު ޖަލްސާގައި އެމްޑީޕީގެ މެންބަރުންނާއި ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިޕާޓީގެ ވަރަށް ބޮޑު އެދުމެކެވެ.