އިޢުލާން: އެމްޑީޕީގެ ދާއިމީ ކޮމެޓީތަކަށް ކުރިމަތިލުން

MDP/2011-024

mdp-logo

އިޢުލާން

ތިރީގައި މިދަންނަވާ މިޕާޓީގެ ދާއިމީ ކޮމެޓީތަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
މި ކޮމިޓީތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެއް ކޮމިޓީއަށް ވުރެ ގިނަ ކޮމިޓީތަކަށް ކުރިމަތިލާ ފަރާތްތަކަށް ވެސް އެއް ފޯމަކުން އެ ކޮމިޓީތަކަށް ކުރިމަތިލުމަށް އެދި ހުށަހެޅޭނޭ ވާހަކަ ދަންނަވަމެވެ.
މި ކޮމެޓީތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، މިކަމަށް ކުރިމަތިލާ ފޯމު 31 މެއި 2011ވާ އަންގާރަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން އެމްޑީޕީގެ ސެކްރެޓޭރިއެޓަށް ހުށަހެޅުން އެދެމެވެ.
މި ފޯމް ވެބްސައިޓުން އަދި ޕާޓީގެ އޮފީހުން ލިބެން ހުންނާނޭ ވާހަކަ ދަންނަވަމެވެ.

1. އިންތިޚާބާބެހޭ ކޮމެޓީ
2. އިޤްތިޞާދީ ކަންކަމާބެހޭ ކޮމިޓީ
3. ތައުލީމާބެހޭ ކޮމިޓީ
4. ޞިއްޙަތާއި ވެލްފެޔާއާބެހޭ ކޮމިޓީ
5. މީޑިއާ ކޮމިޓީ
6. ބައިނަލްއަޤްވާމީ ގުޅުންތަކާބެހޭ ކޮމިޓީ
7. މަސައްކަތާ އިޖްތިމާޢީ ޚިދްމަތްތަކާބެހޭ ކޮމިޓީ
8. މަސްވެރިކަމާއި ދަނޑުވެރިކަމާއި ޤުދުރަތީ ވަޞީލަތްތަކާބެހޭ ކޮމިޓީ
9. ގެދޮރާބެހޭ ކޮމިޓީ
11.ޤާނޫނީ ކަންކަމާބެހޭ ކޮމިޓީ
12. އިންތިޒާމް ކުރުމާބެހޭ ކޮމިޓީ
13. ހޯދުންތަކާއި ސިޔާސަތް އެކުލަވާލުމާބެހޭ ކޮމިޓީ
14. ސަލާމަތާބެހޭ ކޮމިޓީ
15. ދަތުރުފަތުރާބެހޭ ކޮމިޓީ
16. ޙައްޤު ކޮމިޓީ
17. މެންބަރޝިފާ ކެންޕެއިން ކޮމެޓީ
18. މާލިއްޔަތާ ޗަންދާ ކޮމެޓީ

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

25 މެއި 2011

ކޮމިޓީތަކަށް ކުރިމަތިލުމަށް އެދޭ ފޯމު